ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ހުޅުވި 'އެސްޓީއޯ ރޯދަ މާޓް' - ފޮޓޯ:ސީއެންއެމް
ރޯދަމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2 ގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިފި
ރޯދަމަހަށް ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފައިވަނީ ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި 'އެސްޓީއޯ ރޯދަ މާޓް' ހުޅުވައިދެއްވާފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ކަަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ނުވައެއްގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

your image'އެސްޓީއޯ ރޯދަ މާޓް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގައި ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެ ކުންފުނިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބޭނެ ކަމުގައެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި