މިނިސްޓްރީ އޮފް ޑިފެންސް އިން ކުރި އިއުލާނެއްގައި ވަނީ ސިފައިންގެ އަށް ވަނުމަށް ފުރުސަތު ހުޅުވާލިކަމާއި، ޝަރުތު ހަމަވާ މީހުން 16 އޭޕްރިލް، 2 ގެ ކުރިން ވަޒީފާ އަށް ކުރިމަތިލުމަށެވެ.
ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހެއް ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން ހިމެނެއެވެ.
އަދި މިދިޔަ ފަސް އަހަރު ދުވަހުތެރޭ ކުށުގެ ރިކޯޑެއް އޮތް މީހަކަށްނުވުމާއި އަދި، އިސްކޮޅު ހަމަވެފައިވާ މީހެއްކަމުގައިވުމެވެ. އިސްކޮޅުން އަންހެނުން ހުންނަން ޖެހޭނީ ފަސް ފޫޓް ތިން އިންޗި ކަމާއި ފިރިހެނުން ފަސް ފޫޓް ފަސް އިންޗި ކަންވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކާއި، އަދި ފުރަތަމަ އިންޓަވިއު އިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް އަދި އެޕްޓިޓިއުސް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެކަމަށް އިއުލާންގައި ބުނެއެވެ.
އޭގެ އިތުރުން ސިފައިންގެ ވޒީފާއަށްއެދޭ ފޯމް އެމް.އެން.ޑީ.އެފް ގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އިއުލާންގައި ވެއެވެ.