ފޭސް 2 -- ފޮޓޯ: އެޗްޑީސީ
ބިމެއް ނުވިއްކާ، މުވައްޒަފު ހިންގީ ރިޝްވަތުގެ އަމަލެއް: އެޗްޑީސީ
އުސޫލާ ހިލާފަށް ބިމެއް ވިއްކާފައި ނުވާކަމަށާއި ސަސްޕެންޑް ކުރި މުވައްޒަފު ހިންގީ ރިޝްވަތުގެ އަމަލެއް ކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މުވައްޒަފަކު މިލިއަނެއްހާ ރުފިޔާއަށް ތިލަފުށިން ބިމެއް ވިއްކާލިކަމަށް ބައެއް މީޑިއާތަކުގައި އިއްޔެ ރިޕޯޓްކޮށްފައި ވަނިކޮށް، އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެޗްޑީސީގެ މުވައްޒަފަކު އެތަނުގެ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތްތަކަށް ބިމެއް ދޭނެކަމަށް ބުނެ، ފައިސާގެ މުއާމަލާތެއް މި މުވައްޒަފުގެ އަމިއްލަ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މައްސަލާގައި އެއް މިލިއަން ރުފިޔާއަށް ބިމެއް ވިއްކާލިކަމަށް ބުނާ ވާހަކައަކީ ތެދު މައުލޫމާތެއް ނޫން ކަމަށާއި، އެ މުވައްޒަފަށް ބިން ވިއްކުމުގެ ފުރުސަތެއް ލިބިފައި ނުވާ ކަމަށެވެ. 

މުވައްޒަފުންގެ އަމިއްލަ އެކައުންޓުން އެކޯޕަރޭޝަންގެ ފައިސާގެ މުއާމަލާތްތައް ނުކުރާނެ ކަމަށާއި އާންމު ރައްޔިތުން އެކަމަށް ސަމަލުވުމަށް އެދޭކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އިއްޔެ ވިދާޅުވީ ބިމެއް ވިއްކާލަން އުޅުނު މައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ އެކުންފުނީގެ އަންހެން މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި އެ މުވައްޒަފަކީ އެކުންފުނީގެ އިސްވެރިއެއްގެ ޕީއޭ އެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި