ތިލަފުށި
ބިމެއް ވިއްކާލަން އުޅުނު އެޗްޑީސީގެ އަންހެން މުވައްޒަފަކު ސަސްޕެންޑްކޮށްފި
ތިލަފުށިން ބިމެއް ވިއްކާލަން އުޅުނު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ބިމެއް ވިއްކާލަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށާއި އެމައްސަލާގައި މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެއީ އަންހެން މުވައްޒަފެއްކަން އާތިފް ކަށަވަރު ކޮށްދެއްވިއެވެ.

ނަމަވެސް މިވަގުތަށް އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް އާތިފް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، މުވައްޒަފު ތިލަފުށިން ބިމެއް ވިއްކާލަން އުޅުނީ މިލިއަނެއްހާ ރުފިޔާއަށެވެ. ނަމަވެސް ބިމުގެ ބޮޑު މިނެެއް ސާފެއް ނުވެއެވެ.

އަދި މިމައްސަލާގައި ސަސްޕެންޑްކޮށްފައިވާ މުވައްޒަފު ސަސްޕެންޑްކުރީ ކިހާ މުއްދަތަކަށް ކަމެއްވެސް ސާފެއް ނުވެއެވެ.

20%
އުފާވި
40%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
40%
ރުޅިއައި