ކ. ތުލުސްދޫ
ތުލުސްދޫ ރައްޔިތުންނަށް މިއަހަރުވެސް ރޯދަ ހަދިޔާ!
މާލެ އަތޮޅު ކުޑަވިލިނގިލި ރިސޯޓްގެ ފަރާތުން މިއަހަރުގެ ރޯދަ މަހުވެސް، ތުލުސްދޫ ރައްޔިތުންނަށް ރޯދަ ހަދިޔާ ބަހަން ނިންމާފައިވާ ކަމަށް އެކައުންސިލް އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ތުލުސްދޫގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހަކާއި، ކަދުރު ޕެކެޓެއްގެ އިތުރުން، އިތުރު އައިޓަމް ތަކެއް ހަދިޔާގެ ގޮތުގައި ދީފައިވާ ކަމަށާއި، މިއަހަރުވެސް ރޯދަ ހަދިޔާ ދިނުމަށް ރައްޔިތުން އެއްކޮށްދިނުމަށް ރިސޯޓުން އެދިފައިވާތީވެ، އެކަން ރައްޔިތުންނަށް އަންގާފައިވާ ކަމަށް ތުލުސްދޫ ކައުންސިލުން ބުނެއެވެ.

ނަމަވެސް، މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ލިބެނީ ކޮންއެއްޗެއް ކަމެއް އަދި މިހާތަނަށް އަންގާފައިނުވާ ކަމަށްވެސް ތުލުސްދޫ ކައުންސިލުން ބުނެއެވެ.

މާލެ އަތޮޅު ތުލުސްދޫ އާއި ޖެހިގެން އޮންނަ ކުޑަވިލިނގިލި ރިސޯޓަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ތުލުސްދޫ އަށް އެހީތެރިވާ ރިސޯޓެއްކަން ކައުންސިލުން ފާހަގަ ކުރެއެވެ.

މިގޮތުން 2022 ވަނައަހަރުގެ މީލާދީ އައުއަހަރު ފެށުމަށް، ތުލުސްދޫ ކައުންސިލް އާއި ގުޅިގެން ކުޑަވިލިނގިލި ރިސޯޓް އިން ވަނީ ހަވާ އަރުވާ، ވަރަށް ކުލަގަދަކޮށް އައު އަހަރު ފާހަގަކޮށްފައި ކަންވެސް ތުލުސްދޫ ކައުންސިލް އިން ފާހަގަކުރެއެވެ. 

އަދި މިކަމުގެ ސަބަބުން، ލޯކަލް ޓުއަރިޒަމްއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ތުލުސްދޫއަށް އާއަހަރާ ދިމަކޮށް ޒިޔާރަތްކުރި ހުރިހާ ފަތުރުވެރިނަށްވެސް މިހަރާކުތެގެ އުފާ ލިބުނުކަމަށްވެސް ތުލުސްދޫ ކައުންސިލުން މައުލޫތު ދީފައިވެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި