ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ނިންމާފައިވާތީ އެ މަސައްކަތް ކުރިޔަށްދާ ވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާދަމާ 14:00 އިން 1530 އަށް މާފަންނުގެ މަޖީދީ މަގާއި ފަނޑިޔާރު މަގާއި އޯކިޑް މަގާއި ފަރީދީ މަގާއި ޖަހާމުގުރި ގޯޅި އާއި ޗަންޕާ މަގާއި ފުނަ ގޯޅީގެ އިތުރުން އަސުރުމާ ގޯޅިން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.