ފުލުހުން ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް
ކުޅުދުއްފުށީގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބުރުވަރީ މަހުގެ 15 އިން ފެށިގެން 21 ދުވަހުގެ މުއްދަތަށެވެ. ކުޅުދުއްފުށީ ޑަބުލިޔުޑީސީން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގުރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ފުލުހުންނާއި ގުޅިގެންނެވެ.

މި ޕޮރޮގުރާމް އަމާޒުކޮށްފައިވަނީ އުމުރުން 16 އަހަރުން ފެށިގެން 45 އަހަރާ ދެމެދުގެ އަންހެނުންނަށެވެ. އަދި މި މި ޕްރޮގުރާމުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ނަން ނޯޓު ކުރާ 30 ފަރާތަށް ކަމުގައިވެސް ކުޅުދުއްފުށި ޑަބުލިޔުޑީސީން މައުލޫމާތު ދެއެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ އުމުރު ފުރައިން ސިއްހީ މައްސަލައެއް ނެތް ފަރާތްތަކުން މި ފެބުރުވަރީ މަހު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ ޕޭޖްގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރުމަށް އެ ކޮމެޓީން އެދެއެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި