މުދާ ހިފައިގެން އައި ބޯޓެެއް މާލޭ ކޮމާޝަލް ހާބަރުގައި ބަނދަރުކޮށްފައި - ފޮޓޯ: އެމްޕީއެލް
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް އިތުރުވިއިރު، ލިބުނު އާމްދަނީ ވީ ދަށް
މިދިޔަ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،

 • 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 364 މިލިއަން ލިބިފައިވޭ
 • މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 356 މިލިއަން ރުފިޔާ
 • މިއީ ދެ އިންސައްތައިގެ ދަށްވުމެއް

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، މިދިޔަ ޑިސެމްބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ އިތުރުވެފައެވެ.

 • 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ
 • މިދިޔަ ޑިސެމްބަރު މަހު 5.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
 • މިއީ 27 އިންސައްތައިގެ އިތުރުވުމެއް

މިދިޔަ މަހު އަގުގެ އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):

 • ފަރަންސޭސި ވިލާތް - 766 މިލިއަން ރުފިޔާ (14 އިންސައްތަ)
 • އޮމާން - 754 މިލިއަން ރުފިޔާ (13 އިންސައްތަ)
 • އިންޑިއާ - 724 މިލިއަން ރުފިޔާ (13 އިންސައްތަ)
 • ސިންގަޕޫރު - 694 މިލިއަން ރުފިޔާ (12 އިންސައްތަ)
 • ޗައިނާ - 532 މިލިއަން ރުފިޔާ (9 އިންސައްތަ)

ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު،

 • 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 221 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައި
 • 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 299 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވޭ
 • މިއީ 35 އިންސައްތައިގެ އިތުރުވުމެއް

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:

 • ތައިލެންޑް (66 އިންސައްތަ)
 • ޖަރުމަނު ވިލާތް (7 އިންސައްތަ)
 • އިނގިރޭސި ވިލާތް (5 އިންސައްތަ)
 • އެމެރިކާ (3 އިންސައްތަ)
 • ފަރަންސޭސި ވިލާތް (3 އިންސައްތަ)

މިދިޔަ ޑިސެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

25%
އުފާވި
25%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
25%
ރުޅިއައި