ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލި ރަށްތަކާއި ފަޅުތަކަކީ:
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުގައި ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓް ފެށޭ އަގު އުޅެނީ ދެ ލައްކަ ޑޮލަރު (ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ) އާއި 2.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ) އާ ދެމެދުގައެވެ.
މި ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ ހަވަނަ ދުވަހާއި މާޗުމަހުގެ ފަސްވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހާއި މާޗް މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި އީމެއިލް އެޑްރެސް އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެދޭ ކަމުގައެވެ. ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބޭނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ:
ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ މިދިޔަ އަހަރު ވެސް ރިސޯޓް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކެވެ. އެހެންނަމަވެސް އެ ރަށްތަކަށް ބީލަންތައް ހުށަހެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަ ނުވުމާއި އަދި މާބޮޑު ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ ރަށްތައް ތަރައްގީ ކުރުމަށް އަލުން ހުޅުވާލީއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ކުރީ ފަހަރު ހުޅުވާލި ރަށްތަކަށް މާ އެދެވޭ ތަރުހީބެއް ނުލިބުނު ނަމަވެސް، މި ފަހަރު ހުޅުވާލި ރަށްތަކަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މި ފަހަރު އިއުލާނު ކުރި ރަށްތަކުގެ ބީލަމާ ގުޅުންހުރި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 21 ވަނަ ދުވަހުގެ 13:00 އަށް ހަމަވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.