އަމާން ހިޔާގެ ޔުނިޓެއް
ފަހިދިރިއުޅުން ފްލެޓް އާއްމުންނަށް ދައްކާލުން މިއަދު
ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރާ ފްލެޓްތަކުގެ "މޮޑެލް" ޔުނިޓް އާއްމުންނަށް މިއަދު ދައްކާލުމަށް ނިންމައިފިއެވެ.

އެކޯޕަރޭޝަނުން ބުނީ އާއްމުނަށް ފްލެޓް ދައްކާލުމުގެ ކަންކަން މިއަދު 2:00 އިން 4:00 އަށް ކުރިއަށްދާނެ ކަމަށެވެ. 

މޮޑެލް ޔުނިޓް ހުންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ބޮޑުމަގުގައި ތަރައްގީކުރާ 2000 ހައުސިން ޔުނިޓްގެ ބްލޮކްގައެވެ.

އަމާން ހިޔާގެ ނަންދީފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދާގޮތް އިއްޔެ ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި އިވެންޓްގައި އެކޯޕަރޭޝަނުން ނުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ މެއިންޓަނަންސްއާއި އެކު 7000 ރުފިޔާ ކަމަށެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ 13000 ރުފިޔާ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން މަސައްކަތްފަށައި އެޗްޑީސީން ކުއްޔަށް ދީފައިވާ ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ ކުއްޔަކީ މެއިންޓަނަންސްއާއެކު 8500 ރުފިޔާއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި