އެމްއެންޑީއެފުން ހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ގަމުގައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 06:00 އިން ފެށިގެން ދަންވަރު 12:00 ޖަހަންދެން ކަމަށާއި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެ ކަމުގައެވެ.
މި ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން އެ ސަރަހައްދުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.