ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ބައްލަވާ ލެއްވީ މިއަދު ހަވީރު ހުޅުމާލެއަށް ވަޑައިގެން އެ މަސައްކަތް ހިނގަމުންދާ ސައިޓުގައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 އެޕާޓްމެންޓާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ތިން ކޮޓަރި އެޕާޓްމަންޓަކީ 900 އަކަފޫޓުގެ އެޕާޓްމެންޓްތަކެވެ. ތިން ކޮޓަރީގެ 2800 ޔުނިޓް ހަދައެވެ. މި މަސައްކަތް ކުރަނީ އިންޑީޔާގެ ދެ ކުންފުންޏަކުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ނަމަކީ "އުދަރެސް" އެވެ. "އުދަރެސް" ގައި ހިމެނޭ 13 ޓަވަރުގެ މަސައްކަތް އަންނަ މޭ މަހު ނިންމާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެޗެ
ބޯހިިޔާވަހިކަަމުގެ މަޝްރޫއަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ އެއް މަސައްކަތެވެ. ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ އޮކްޓޯބަރު މަހަށް ހަމަވިއިރު 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ