މެޑިކަލް ޑޮކިއުމަންޓް
އަލިދީދީ ބަލިއެނދުގައި، އެދެނީ ދީލަތި އެހީއަށް
ސ. މަރަދޫ އަހިމާގެ އަށް އުފަން އުމުރުން 71 އަހަރުގެ އަލީދީދީ އަކީ ކުރިއްސުރެވެސް ބަލި މީހެެކެވެ. ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް އޭނާގެ އާއިލާގެ ފަރާތުން ދިޔައީ ކުރަމުންނެވެ.

އެގޮތުން މިފަހުން އަލީދީދީ ބަލިވުމާ އެކު އާއިލާގެ ފަރާތުން އޭނާ ޑޮކްޓަރަށް ދައްކަން ގެންދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ ދެއްވީ އެމްއާރުއައި އެއް ހެދުމަށެވެ. އެ އާއެކު، އަލީދީދީ އާއިލާ އިން އަވަސްވެ ގަތީ އެކަން ކުރުމަށެވެ. ބައްޕަގެ ބަލި ހާލަތާ ގުޅިގެން މާޔޫސްވުމަށް ވުރެ ކަމުގެ އަސްލު ދެނެގަތުން އެ އާއިލާ އަށް މުހިންމުވިއެވެ.

ބައްޕަގެ ބަލި ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އަލީދީދީގެ އަންހެން ދަރިފުޅު، އައިމިނަތު ނިޒާމާ "ސީއެންއެމް" އަށް ބުނި ގޮތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އަލީދީދީ ބެއްލެވި ޑޮކްޓަރު ދިން ޓެސްޓްތައް ހެދެނީ ރާއްޖެއިން ބޭރުން ކަމަށާއި އެކަމަށް އާސަންދައިގެ އެހީ ލިބޭ ކަމަށެވެ.

ނަމަވެސް ފަހުން ބެލި ބެލުމުން އެ ޓެސްޓްތަކަކީ ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭ ކަމަށް އެނގިފައިވާކަމަށާއި ނަމަވެސް ބައްޕަ މާލެ ގެނައުމަށް ބޮޑު ހަރަހެއް ހިނގާތީ އަދި އެ ހަރަދު އާސަންދައިން ކަވަރުކޮށް ނުދޭތީ އާއިލާގައި އެވަރު ތަނަވަސްކަން ނެތުމުން އެކަމަށް ދަތިތަކެއް ހުރިކަމަށް ނިޒާމަ ބުނެއެވެ.

އެހެންކަމުން އެހީތެރިއަކާއި އެކު މާލެ އައުމާއި މާލޭގައި ތިބުމަށް ބޮޑު ހަރަދެއް ހިނގާތީ އަލިދީދީގެ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީއަށެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން އެ އާއިލާ އާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

ފާތިމަތު މުހައްމަދު (އަންހެނުން): 7734259

އައިމިނަތު ނިޒާމާ (ދަރިފުޅު): 7677008

މަރިޔަމް ނަހުލާ (ދަރިފުޅު): 7592617

ވައިބާ ނަންބަރުތައް: 7677008 ، 7592617

ބީއެމްއެލް (އަލީދީދީ) އެކައުންޓް ނަންބަރު: 7702302127101

50%
އުފާވި
50%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި