ސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު
މަހްމޫދު މަރާލި މައްސަލަ ހައިކޯޓުގައި މާދަމާ
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ(ސާލިމް)، މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި ފަށަން މިދިޔަ އަހަރު ފަހުކޮޅު އެންމެ ފުރަތަމަ ތާވަލު ކުރެވުނު ނަމަވެސް އެ ދުވަހު މައްސަލަ ނުބޭއްވުނެވެ. އެހެންކަމުން މާދަމާގެ އަޑު އެހުމަކީ މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. މައްސަލަ ހައިކޯޓުގައި އޮތީ މާދަމާ މެންދުރުއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސާލިމް މެރުމަށެވެ. އެ ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލްއެވެ. 

ސާލިމް ވަނީ ތަހުގީގު މަރުހަލާގައިވެސް އަދި ކޯޓުގެ ހުރިހާ މަރުހަލާއެއްގައިވެސް ދައުވާގައި އެނާއާއި ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށްވެސް އިއުތުރާފްވެފައެވެ. މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އެކަމުގައި ވާރިސުންގެ ބަސް ހޯދި އިރު، ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ވަނީ ބުނެފައެވެ. މި މައްސަލައިގައި މީގެ ކުރިން ކޯޓުގައި ވާހަކަ ދައްކަމުން ސާލިމް ބުނީ އޭނާ އެކަން ކުރީ އޭނާގެ ބޮލަށް ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށާއި، މަހުމޫދްގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ކުށަށް އިއުތިރާފް ވުމުން އަދަބު ކުޑަ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ކްރިމިނަލް ކޯޓުން ސާލިމް ގެ މައްޗަށް މަރަށް މަރުގެ ހުކުމް އިއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

މިމައްސަލާގައި ކަން ހިނގާފައި ވާގޮތް

މަހުމޫދު މަރާލައި، ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ސާލިމްގެ މައްޗަށް ދައުވާތައް ކުރުމަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މަހުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަހުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ.

މަހްމޫދަށް ވަނީ ބޮޑެތި އަނިޔާތަކެއްދީފައި

މަހުމޫދު ހަށިގަނޑަށް ވަޅިން ހަމަލަދީ ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ. މަހްމޫދުގެ ބޮލަށާއި ހަށިގަނޑުގެ އެކިތަންތަނަށް 30 އަށްވުރެ ގިނަ ހަމަލާދީފައިވާކަމަށް ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ.

މަހްމޫދުގެ މަރުގެ ތަފްސީލްތައް ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ތަހުގީގުތެރެއިން ހަށިގަނޑު ބެލިއިރު، ބޮޑެތި ޒަހަމްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ބޮލުގައި މަައިގަނޑު ތިން އަނިޔާއެއް ފާހަގަކުރެވޭކަމަށާއި، ހަށިގަނޑުގެ އެކިއެކި ތަންތަނަށް  އެކި މިންވަރުގެ 30 އަަށްވުރެ ގިނަ ޒަހަމުތައް ފާހަގަކުރެވުނު ކަމަށެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި