ފްރާންސް ކުއާޓާ ފައިނަލަށް ދިޔައީ މިރޭ ޕޮލެންޑް ތިން ލަނޑު އެއް ލަނޑުން ބަލިކޮށްގެނެވެ. ފްރާންސްގެ ލަނޑުތައް ޖެހީ ޖިރޫ އަދި އެމްބާޕޭއެވެ. އެމްބާޕޭ ދެ ލަނޑު ޖެހިއެވެ. ޕޮލެންޑަށް ސުން ކަނޑުވާލެވުނީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖެހީ ލެވޮންޑޮސްކީއެވެ.
ޕޮލެންޑް އަތުން މޮޅުވެ ކުއާޓާއިން ފުރުސަތު ހޯދި ފްރާންސް ކުއާޓާގައި ކުޅެން ޖެހޭނީ މިރޭ ދަންވަރު އިނގިރޭސިންނާ ސެނެގޯލް ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ.