އެއް ޖިންސުގެ ގުޅުން ހިންގުމަށް ވަކާލާތުކޮށް މުޒާހަރާ ކުރާ ބަޔަކު ހުއްޓުވަނީ.. ފޮޓޯ: ރޮއިޓާސް
”އެލްޖީބީޓީ“ އަށް ހިތްވަރުދިނުމާއި، ޖިންސު ބަދަލުކުރުން ރަޝިއާއިން ގާނޫނަކުން މަނާކޮށްފި
އެއް ޖިންސުގެ ގުޅުން ހިންގުން، އަދި އަމިއްލައަށް ޖިންސު ބަދަލުކުރުމަށް ހިތްވަރުދޭ ޕްރޮޕަގަންޑާތައް ފެތުރުން ހަރުކަށި ގާނޫނަކުން ރަޝިޔާއިން މަނާކޮށްފި އެވެ.

ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ކަމަށްވާ “ސްޓޭޓް ޑުމާ” އިން ވަނީ އެއް ޖިންސުގެ ގުޅުން ހިންގުން އަދި ޖިންސް ބަދަލުކުރުމަށް ހިތްވަރުދޭ “އެލްޖީބީޓީ ޕްރޮޕެގެންޑާ”ފަތުރާ މީހުންނަށް ހަރުކަށި އަދަބުތައް ދޭން ފާސްކޮށްފަ އެވެ. 

އޭގެއިތުރުން ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ އެކަން އިޝްތިހާރުކުރުންވެސް އެ ގާނޫނުގައި ވަނީ މަނާކޮށްފަ އެވެ. 

އެގާނޫނާއި ހިލާފުވާ މީހުން:

  • 165 ހާސް ޑޮލަރުން ޖޫރިމަނާކުރާނެ.
  • ކުށްކުރާ މީހާ އަކީ އެހެން ގައުމެއްގެ ރައްޔިތެއް ކަމުގައިވާނަމަ އެމީހާ ވަގުތުން ޑީޕޯޓްކޮށްލެވޭނެ
ރަޝިޔާގެ ރައީސް ލަޑިމީއަ ޕުޓިން މީގެ ކުރިން ވެސް ވަނީ، އެއް ޖިންސުގެ ގުޅުން ހިންގުން ފަދަ އަމަލުތަކަކީ އިންސާނިއްޔަތާއި ހިލާފު ހުޅަނގުގެ ގައުމުތަކުން ފަތުރާ ޝައިތާނީ އަމަލެއް ކަމުގައި ވިދާޅުވެފަ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ގިނަވެ، ރާއްޖޭގައިވެސް އެކަން ގާނޫނަކުން މަނާކޮށް ހަރުކަށި އަދަބު ދެވޭނެ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްްޔިތުންގެ މަޖިލީހަށް މިފަހުން ހުށަހެޅި އެވެ. ނަމަވެސް ބަހުސްކުރުމެއްވެސްނެތި ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލާފަ އެވެ. 

67%
އުފާވި
33%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި