ދާރުލްއާސާރު
ގައުމީ ދާރުލްއާސާރު ހިލޭ ބަލައިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
ހިލޭ ގައުމީ ދާރުލްއާސާރު ބަލައިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ގައުމީ ދާރުލްއާސާރުން ބުނިގޮތުގައި މާދަމާ ދާރުލްއާސާރަށް ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަދެލުމުގެ ފުރުސަތު ދޭނެ އެވެ. 

މި ފުރުސަތު ހުޅުވާލާފައި އޮންނާނީ މާދަމާ ހެނދުނު 06:00 އިން އިރުއޮއްސި 18:00 އަށެވެ.

އާންމުކޮށް ދާރުލްއާސާރަށް ވަދެވެނީ ޓިކެޓް ނަގައިގެން ނެވެ. 

ޓިކެޓް ވިއްކާ އަގުތަކަކީ:

  • ދިވެހި ދަރިވަރުންނަށް 15 ރުފިޔާ 
  • ބިދޭސީ ދަރިވަރުންނަށް 2 ޑޮލަރު  
  • ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ދިވެހި ކުޑަކުދިންނަށް 20 ރުފިޔާ 
  • ފަސް އަހަރު ފުރި 18 އަހަރު ނުފުރޭ ބިދޭސީ ކުޑަކުދިންނަށް 5 ޑޮލަރު
  • 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށް 25 ރުފިޔާ 
  • 18 އަހަރުން މަތީ ކޮންމެ ބިދޭސީއަކަށް 10  ޑޮލަރު

އާންމު އުސޫލުން ހިލޭ ވަދެވެނީ:

  • ސްކޫލު މެދުވެރިވެގެން އަންނަ ދަރިވަރުނަށް
  •  އުމުރު އެނގޭ ރަސްމީ ލިޔުމެއް ގެންނަ 65 އަހަރުން މަތީ މީހުންނަށް
  • އުމުރުން ފަސް އަހަރު ނުފުރޭ ކުޑަކުދިންނަށް އަދި އެ ކުދިން ގޮވައިގެން އަންނަ ބެލެނިވެރިންނަށް
  • ހާއްސަ ގޮތަކުން މަރުކަޒުން ހުއްދަ ދޭ ފަރާތްތަކަށް
50%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
25%
ދެރަވި
25%
ރުޅިއައި