ބޮލީވުޑްގެ ބައެއް ތަރިން
ހޮލީވުޑަށް ދާން ދެކޮޅުހެދޮ ބޮލީވުޑްގެ ބައެއް ތަރިން
ދުނިޔޭގައި އެންމެ މަޝްހޫރު ފިލްމު ދެ އިންޑަސްޓްރީއަކީ އިންޑިއާގެ ބޮލީވުޑްއާއި، އެމެރިކާގެ ހޮލީވުޑެވެ.

ގިނަބަޔަކު ދެކޭ ގޮތުގައި ބޮލީވުޑުން ހޮލީވުޑަށް ފިލްމު ކުޅެން ދާން ލިބުމަކީ އެކްޓަރަށް ނުވަތަ އެ ތަރިއަކަށް ލިބޭ ކުރިއެރުމެކެވެ. ނަމަވެސް ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިން ވަނީ ބޮލީވުޑުން ލިބުނު އޮފާތައް ގަބޫލުނުކޮށް ދޫކޮށްލާފައެވެ. މިހާތަނުން މިފަފަ ބައެއް ތަރިންނަށް ބަލައިލާނަމެވެ. 

ދިޕިކާ: 

ދީޕިކާ ޕަޑުކޯން އަށް "ޓްރިޕުލް އެކްސް: ރިޓާން އޮފް ޒަންޑާ ކޭޖް" ކުޅުމުގެ ކުރިން ވަނީ "ފާސްޓް އެންޑް ފިއުރިއަސް" ކުޅެން ޗާންސް ލިބިފައެވެ. ނަމަވެސް އޭނާ ވަނީ އެ ފުރުސަތު ދޫކޮށްލާފައެވެ. 

your imageދިޕިކާ 

ޝާހުރުކް ހާން: 

ޝާހު އަށް ވަނީ "ސުލަމް ޑޯގް މިލިއަނާ" އިން ރޯލެއް ކުޅެން ލިބިފައެވެ. ނަމަވެސް އޭނާ ވަނީ އެ ރޯލު ދޫކޮށްލާފައެވެ. 

your imageޝާހު ރުކް ހާން

ރޯނިތް ރޯއީ: 

ރޯނިތް ރޯއީއަށް ވަނީ އޮސްކާ ވެސް ލިބުނު ފިލްމު "ޒީރޯ ޑާކް ތާޓީ" އިން ޗާންސް ލިބިފައެވެ. ނަމަވެސް އޭނާ އެ ފިލްމު ދޫކޮށްލީ އެހެން ޕްރޮޖެކްޓު ތަކެއްގައި ބިޒީ ކަމުންނެވެ. 

your imageރޯނިތް ރޯއީ

އައިޝްވާރިއާ ރާއީ: 

އައިޝްވާރިއާ އަށް ވަނީ "ޓްރޯއީ" އިން ޗާންސް ލިބިފައެވެ. ނަމަވެސް ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭތީ އޭނާ އެ ޗާންސް ދޫކޮށްލީއެވެ. 

your imageއައިޝްވާރިއާ ރާއީ:-

ރިތިކް ރޯޝަން: 

ރިތިކް އަށް ވަނީ "ޕިންކް ޕެންތާ 2" އިން ޗާންސް ލިބިފައެވެ. ނަމަވެސް އޭނާ އެ ޗާންސް ދޫކޮށްލީ އެހެން ޕްރޮޖެކްޓެއްގައި ބިޒީކަމުންނެވެ.

your imageރިތިކް…

އަކްޝޭ ކުމާރު: 

އަކްޝޭ ކުމާރަށް ވަނީ ވޭން ޖޯންސަން (ރޮކް) އާއި އެކު ހޮލީވުޑް ފިލްމެއް ކުޅުމުގެ ޗާންސް ލިބިފައެވެ. ނަމަވެސް އެ ރޯލަށް އެނާ ކަމު ނުދާކަމަށް ބުނެ އަކްޝޭ ވަނީ ރޯލު ދޫކޮށްލާފައެވެ. 

your imageއަކްޝޭ ކުމާރު

އިރްފާން ހާން:

އިފްރާން މަރުވުމުގެ ކުރިން ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނުނެވެ. ނަމަވެސް އޮސްކާ ލިބުނު "އިންޓެސްޓެލާ" އަށް ލިބުނު ޗާންސް އޭނާ ދޫކޮށްލީ އެހެން ޕްރޮޖެކްޓެއްގައި ބިޒީ ކަމުންނެވެ. 

your imageއިރްފާން ހާން--

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި