ދިވެހި ފުލުހުންގެ ތެރެއިން އިންޓަޕޮލްގައި މަސައްކަތްކުރާނެ ފުރަތަމަ ފުލުހަކަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފު ކަނޑައެޅުއްވިކަން ހާމަ ކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފު އިންޓަޕޯލްގެ ޓާމުގައި މަސައްކަތް ކުރައްވާނީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައެވެ. އެ ތަނުގައި އޭނާ ތިން އަހަރު މަސައްކަތް ކުރައްވާނެއެވެ.
އިންޓަޕޮލް ނުވަތަ އިންޓަނޭޝަނަލް ޕޮލިސްއަކީ މީގެ 99 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެ އެވެ.