އެއާޕޯޓުގައި އިމާރާތްކުރާ ފަޔާ ބިލްޑިން
ފަރެސްމާތޮޑާ އެއަޕޯޓް މަސައްކަތުގެ ބޮޑުބައެއް ފުރިހަމަކޮށްފި
ގދ. ފަރެސްމާތޮޑާ އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ފުރިހަމަކޮށްފި އެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ފަޔަ ބިލްޑިން އަދި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 95 އިންސައްތަ އަދި  80 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. ސައިޓުގައި މިހާރު ކުރިއަށް ދަނީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުން
  • ޓެކްސީވޭ، 
  • އޭޕްރަން، 
  • ފަޔަ ޕެޑް 
  • ފަޔަ ރޯޑެއް ގާއިމުކުރުން، 
  • ފަޔަ ބިލްޑިން އެއް އިމާރާތް ކުރުން
  • ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުން 

your imageފަރެސްމާތޮޑާ އެއާޕޯޓް

މި މަޝްރޫއުގެ އަގަކީ ޖުމްލަ 144.8 މިލިއަން ރުފިޔާއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި