އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 4 ޑިސެމްބަރު 2022 (އާދީއްތަ) ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ ނަމްބަރު 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމަށް ސިޓީ ކައިންސިލުން އެދެއެވެ. 2017 ޖަނަވަރީ 1 ގައި ހުޅުވި މި މައިޒާނަކީ، ކުރީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދުގެ ހަރަދުގައި ތަރައްގީ ކޮށްފައިވާ މައިޒާނެކެވެ. މި މައިޒާނުގަައި ކުޑަކުދިންނާއި ގުޅޭ ތަފާތު ކުޅިވަރު ކުޅޭ ތަކެތި ހިމެނިފައިވެއެވެ.
ކުޅުދުއްފުށީ އަމީނީ މަގުގައި ހުންނަ މި މައިޒާނުގެ ވަރަށް ގިނަ ތަކެތި ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ތަނުގެ އެއްޗެހި މަރާމާތުނުކޮށް ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ފާއިތުވެއްޖެއެވެ.