ފޮޓޯ: ރައީސް އޮފީސް
ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް "ޕްރެޒިޑެންޓްސް ބެޖް" ޔުމްނާ އަށް
ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބެޖް ހަވާލުކޮށްދެއްވައިފި އެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރ ނިއުމާތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

"ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި، ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސް ވަނީ، މަރުހަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފަ އެވެ. 

އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތައާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސިލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަހުރުވެރި ޝަރަފެއްކަމުގައި ރައީސް ވިދާޅުވި އެވެ.

ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ޔުމްނާ ވަނީ، އެބެޖްގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި