އާރުޓީއެލްގެ ހިދުމަތް ޅ. އަތޮޅަށް
އާރުޓީއެލްގެ ހިދުމަތް ޅ. އަތޮޅަށް ދޭން ފަށައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ޅ. އަތޮޅަށް ދޭން ފަށައިފި އެވެ.

ޅ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަށް ދިނުމަށް ބޭނުންވާ ދެ ލޯންޗު އެމްޓީސީސީން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ އަތޮޅަށް ފޮނުވާފަ އެވެ. 

އޭގެ ފަހުން އެ އަތޮޅުގައި ފެރީ ދަތުރުކުރާ ރޫޓުތައް ޓެސްޓުކުރުމަށް ޕަސިންޖަރުން ނުލައި ޓެކްނިކަލް ދަތުރުތަކެއް ވަނީ ކޮށްފަ އެވެ. 

އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް ގެ ދަށުން ފެށި އާރުޓީއެލްގެ ހިދުމަތް ޅ. އަތޮޅަށް ދޭން ފަށައިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މިއަދުން ފެށިގެން ހަފުތާއެއް ވަންދެން ޅ. އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކަށް އަގެއް ނުނަގާނެ އެވެ. 

މިހާރު ކުރާ ދަތުރުތަކަކީ އާއްމުން ހޭލުންތެރިކުރުމަށް ކުރާ ދަތުރުތައް ކަމަށާއި ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފަށާނީ އޭގެ ފަހުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މިއީ އާރުޓީއެލް ސްޕީޑް ފެރީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅެވެ. އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި ޅ. އަތޮޅުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި