ރޯހައުސްއެއް
ކުޅުދުއްފުށީ ރޯހައުސްތަކުގެ ގުރުއަތުލުން މާދަމާ
ހަދަން ފެށިތާ 11 އަހަރުވީ ކުޅުދުއްފުށީ ރޯހައުސްތަކުގެ މަސައްކަތް ނިމި، ގުރުއަތުލައި ތަން ހަވާލުކުރުމަށް ތައްޔާރު ވެއްޖެއެވެ.

މި ރޯހައުސްތައް ހަވާލުކުރުމަށް ގުރުއަތުލުން މާދަމާ އޮންނާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. 

މިއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އަޅަންފެށި ރޯހައުސްތަކެކެވެ. 3 ކޮޓަރި، 3 ފާޚާނާ، ބަދިގެ، ސިޓިންގ ރޫމަކާއި އަދި ދޮންނަ މެޝިން ބަހައްޓަން ވަކި އޭރިޔާއެއް ހިމެނޭގޮތަށް މި ރޯހައުސްތައް އިމާރާތް ކޮށްފައިވަނީ 2 ފަންގިފިލާއަށެވެ. 

ކުޅުދުއްފުށީ ހިއްކި ބިމު ވެލިގަނޑުގައި ހަދާފައިވާ މި ރޯހައުސްތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭއިރު މަހު ކުލީގެ ގޮތުގައި މަހަކު 3000 ރުފިޔާ ދައްކަން ޖެހެ އެވެ. ޑައުން ޕޭމެންޓް ދައްކަން ޖެހެނީ އެއް ފަހަރާއެވެ.

ރޯހައުސްތަކުގެ ގުރުއަތުލުން މާދަމާ އޮންނައިރު، މި މަސް ނިމުމުގެ ކުރިން ތަން ހަވާލުކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި