ހާދިސާގައި މަރުވި މީހަކު ގެންދަނީ ފޮޓޯ: މިހާރު ނޫސް ފަޔާޒު މޫސާ
އަލިފާނުގެ ހާދިސާ: ފަރުވާދެމުންދިޔަ މީހާ ވެންޓިލޭޓަރުން ނަގައިފި
މާފަންނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގޭތެރެއިން ސަލާމަތްކޮށް ސިރީއަސް ހާލަތުގައި ފަރުވާދެމުންދިޔަ މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކަށް  އެރެއިން ފެށިގެން ދިޔައީ ސީރިއަސް ހާލަތުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ނެވެ. އެއީ ބަގްލަދޭޝް މީހެކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، އޭނާ ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ނަގާ ވޯޑަށް ބަދަލު ކުރެވިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

”ސަވައިވް ރޭޓް ދަންނަވާކަށް ނޭނގެ. އެކަމަކު ޑޮކްޓަރުން ވިދާޅުވަނީ ކުރިއަށްވުރެ މީހާރު ހާލަތު ރަނގަޅު ކަމަށް. އަދިވެސް ގިނަ ފަރުވާތަކެެއް ދެވެމުން ދަނީ “ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 00:30 ހާއިރު މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންގެ 10 މީހަކު ވަނީ މަރުވެފަ އެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ބުދަ ދުވަހުގެ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ.

50%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
50%
ރުޅިއައި