13 ކިލޯގެ މަސްތުވާތަކެެއްޗާއިއެކު ގިނަ އަދަދެއްގެ ފައިސާވެސް އަތުލައިގެން——
13 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފި
މާލެ އާއި ހުޅުމާލެއިން އިއްޔެ އަތުލައިގެން 13 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ”ސީއެންއެމް“ އަށް ބުނީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަަމަށެވެ. އެމީހުން ތަފްސީލެއް އަދި ނުދެއެވެ. 

ޖުމްލަ 644،020 ރުފިޔާ އާއިއެކު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން އިއްޔެ އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު އެވެ. 

މަސްތުވާތަކެއްޗާ އެކު ޕާޓީކުރަމުން ދަނިކޮށް 12 މީހަކު މިދިޔަ ހަފްތާގެ ތެރޭގައިވެސް ހައްޔަރުކޮށްފައި ވާއިރު އޭގެތެރޭގައި ހިމެނޭ ފިލްމީ ތަރި ރިޝްފާ އަދި ހުނެއިޝާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެދެމީހުން ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެއެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ވެސް ހުނެއިޝާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުނުވެގެން އެފަހަރު ވެސް ދޫކޮށްލީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި