ވަށަފަރު ފެރީ ހަޓް
ވަށަފަރު ފެރީ ހަޓް ނިމިއްޖެ
ހއ. ވަށަފަރު ގައި ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިން އޭރިއާއެއްގެ އިތުރުން ފާހާނާވެސް ވަނީ ގާއިމުކޮށްފަ އެވެ. 

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އެ މަސައްކަތަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ޒޯން އެކެއް ގައި ހިމެނޭ މަޝްރޫއެކެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އަޅަން ނިންމާފައިވާ އިރު، ޒޯން ޓާމިނަލްގެ ގޮތުގައި ފަސް ޓާމިނަލްއާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހަދަން ވަނީ ނިންމާފައެވެ.

ހައި ސްޕީޑް ފެރީ ހިދުމަތް ފޯރުކޮށް ދިނުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން ކަނޑައަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅެވެ. 

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން މި ފެރީ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން ސ. އަތޮޅާ ދެމެދުގައި ހުރި 17 އަތޮޅެއްގައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި