އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ހައިސްޕީޑު ލޯންޗު ފެރީ
އާރްޓީއެލް ހިދުމަތް ޅ. އަތޮޅަށް މާދަމާ ފަށަަނީ
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓު ލިންކު(އާރްޓީއެލް)” ހިދުމަތް ޅ. އަތޮޅަށް މާދަމާ ފަށަން ނިންމައިފި އެވެ.

މާދަމާ ފަށާނީ މި ހިދުމަތައް އަހުލުވެރިކުރުމުގެ ދަރުތަކެވެ. އެމްޓީސީސީން ބުނީ، ‏ތިން ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ. މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

މި ދަތުރުތައް އެއަތޮޅުގެ ހަ ރަށަކަށް ކުރާނެ އެވެ. އެއީ:

  1. ހިންނަވަރު
  2. ފެލިވަރު
  3. މަޑިވަރު
  4. ނައިފަރު
  5. އޮޅުވެލިފުށި
  6. ކުރެންދޫ

ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ހިދުމަތަައް ރައްޔިތުން އަހުލުވެރިކުރުވުމަށް ހިންގާ އަހުލުވެރި ދަތުރުތައް ކުރިއަަށް ދާނެ މުއްދަތު އެ ދަތުރުތައް މާދަމާ ފެށުމާއިއެކު ހާމަކުރާނެ އެވެ. 

ޅ. އަތޮޅަށް އަހުލުވެރި ދަތުރުތައް ފެށާއިރު، މި ހިދުމަތް ޒޯން އެކެއްގައި ހިމެނޭ ހއ. އަދި ހދ. އަށް މިހާރުވަނީ ރަސްމީކޮށް ފަަށާފަ އެވެ. ރަސްމީކޮށް ހިދުމަތްފެށި އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކުގެ އެއްކޮޅު ޓިކެޓްގެ އަގު އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގަ އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގު އުޅެނީ 65 ރުފިޔާއިން ފެށިގެން 200 ރުފިޔާ އާ ދެމެދުގަ އެވެ.

އާރްޓީއެލްގެ ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކަށް ހަފްތާއަކު ހަތް ދުވަހު، ފަސް ސްޕީޑް ފެެރީ އަށް ރޫޓަކުން ދަތުރުކުރެ އެވެ. މި ހައިސްޕީޑު ފެރީތަކުން ޓިކެޓް ނެގޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕުންނެވެ. އާރްޓީއެލް ޓްރެވަލް އެޕް ގޫގަލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަ ފަސޭހަ އިންތިޒާމްތަކެއް މިފެރީތަކުގައި ހަމަޖެހިފައިވުމެވެ. 

އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެެެއް ހާއްސަކުރެވިފަ ހުރެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ވެސް ހަރު ކުރެވިފަ އެވެ. 

މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ފެރީގައި ފާހާނަކުރެވެން ހުންނައިރު، ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ހާއްސަ ކުރެވިފައި ހުރެއެވެ. އަދި ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެ އެވެ.

 

40%
އުފާވި
40%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
20%
ރުޅިއައި