ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (މ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ވ): ފޮޓޯ ސޯޝަލް މީޑިއާ
ދެ ރައީސުން ކަނޑު އަޑިއަށް: ފޮޓޯތައް ރީތި މުރަކަތައް މަރުވެފައި!
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
Advertisement
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެގޮތުން އެ ދިރާސާ ކުރާ މީހުންނާއެކު ރައީސް ސާލިހާއި، ރައީސް ނަޝީދު ވަނީ އަންގާރަ ދުވަހުގެ ރާއްޖޭގެ ފަރުތައް ހަމަލޮލުން ބައްލަވައި ލައްވާފައެވެ. މިއީ ރައީސް ސާލިހު ރައީސްކަމަށް ވަޑައިގެންފަހުން އާންމުން އިންގޭގޮތައް ކަނޑިއަޑިއަށް ފޭބެއްވެވި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ރައީސް ނަޝީދު ކަނޑުގެ އަޑިއަށް ފޭބެއްވެވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ރައީސް ސާލިހާއި ރައީސް މުހައްމަދު ނަޝީދު ކަނޑިއަޑިއަށް ފައިބާ ވަޑައިގެން ރީތި ފޮޓޯތަކެއް މިވަނީ ނަންގަވާފައެވެ. އެހެން ނަމަވެސް އެ ފޯޓޯތަކުން ދެ ރައީސުންނަށް ވުރެ ބޮޑަށް ލޮލުގައި އަޅައިގްނަނަނީ މަރުވެފައިވާ މުރަކަތަކާއި، ހަލާކުވެފައިވާ ފަރުތަކެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމެވެ.

މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރެވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާއަށް ހަމަލޮލުން ފަރުގެ މުރަކަތަކުގެ ހާލަތު އެނގެން ދިއުމަކީ މުހިންމުކަމެކެވެ.މި ދިރާސާއެކު ކަނޑުފަޅުގެ ދިރުން އާލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެވެ. އަދި ރައީސް ސާލިހު ގެންގުޅުއްވާ 'ނޫ އިގްތިސާދު' ކުރިއެރުވުމަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެއެވެ.

ހދ. ނޭކުރެންދޫގައި ކުރިއަށްގެންދިޔަ ކަނޑުފަޅުގެ ދިރާސާ އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި ހުރި ދިރުންތަކަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ސައިންޓިފިކް ދިރާސާ ތަކެއްގެ ތެރެއިންކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްގީ ކުރެވޭނީ ކަނޑާއި ފަޅާއި ފަރުތައް ހިމާޔަތްކޮށްގެން ކަމަށް ރައިސް ވިދާޅުވި އެވެ. ކުރިއަށްގެންދަންޖެހޭ ތަރައްގީގެ މަޝްރުއުތައް އެބަހުރިކަމަށާއި، އެހެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށްގެންދަންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް އަންނަންއޮތް ޖީލުތަކަށް އެ ގުދުރަތީ ވަސީލަތްތައް ފޮރުކޮށްދެވޭނޭ ގޮތެއްގެ މަތިންކަން ރައީސް ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއި އެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ ތަކެތި ހިމާޔަތްކުރުމުގައި ކައުންސިލް ތަކުގެ ދައުރުބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

"ރަށްރަށުގެ އިހުތިސާސް އެބަ ކަނޑައެޅިގެންދޭ. އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ އެއްބަޔަކީ ކައުންސިލަރުން. އެކަންކުރާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ސިޔާސަތު ތަކެއް ކަނޑައަޅަން. މިރަށުގެ [ހދ. ނޭކުރެންދޫ] ފަޅާ މި ރަށުގެ ގޮނޑުދޮށާ މިރަށުގެ ވަށައިގެން ހުރި ދިރުންތަކަކީ ކޮބައިތޯ ބަލާ، އެ ހިމާޔަތް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިކުރާ ރިސާޗްގެ އަލީގައި ހޯދުމަށްފަހުގައި އެ މަސައްކަތް ކުރުމުގެ ބޮޑު ދައުރު އަދާކުރަށްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅުންނަކީ ތިބޭފުޅުން." ރައީސް ސޯލިހް އިއްޔެ ވިދާޅުވި އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި