އެމީގެ ދަރިފުޅު---
އެމީގެ ދަރިފުޅުގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން!
އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރެސް އަދި މޮޑެލް އެމީ ޖެކްޝަންގެ ދަރިފުޅު އެންޑްރޭއަސް ގެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަށް ލިބިއްޖެ އެވެ.
Advertisement

އިންސްޓަގުރާމު މެދުވެރިކޮށް އެމީ ހިއްސާކުރި އެފޮޓޯއިން ފެނިގެންދަނީ އެންޑްރޭއަސް ވަރަށް ލޯބިކޮށް ހިނިތުންވެފައި އޮތް މަންޒަރެވެ. ގިނަ ބަޔަކަށް ވަނީ އެ ފޮޓޯ ކަމުގޮސްފައިވާއިރު އެންޑްރޭއަސް ވައްތަރީ އޭނާގެ ބައްޕައާ ކަމަށް ގިނަ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އެންޑްރޭއަސްއަކީ އޭނާގެ ލޯބިވެރިޔާ ޖޯޖުގެ ދަރިއެކެވެ. އުމުރުން 26 އަހަރުގެ އެމީ، ޖޯޖު އާ އެންގޭޖުވެފައި ވަނީ މިއަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހެވެ. އަދި އޭނާ އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ގައެވެ. ފިލްމު އިންޑަސްޓްރީއަށް ނިސްބަތް ނުވާ ޖޯޖަކީ އިނގިރޭސިވިލާތުގެ މުއްސަނދި މީހެއްގެ ދަރިއެކެވެ.

އުމުރުން 30 އަހަރުގެ ޖޯޖާ އެމީ ކައިވެނި ކުރުމަށް ފަހު ދިރިއުޅުމަށް ނިންމާފައި ވަނީ އިނގިރޭސިވިލާތުގައި ކަމަށް އިންޑިއާގެ ހަބަރުތަކުން ވަނީ ބުނެފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
100%
ރުޅިއައި