ޕައުލް ޕޮގްބާ
ޕޮގްބާ އަނިޔާއިން ސަލާމަތްވެ ކުޅެން ކެތްމަދުވެފައި
އަނިޔާއިން ސަލަމާވަތްވެ، އެނބުރި ދަނޑަށް ނުކުންނަށް ކެތްތެރިކަން ކުޑަވެފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ ބުނެފި އެވެ.
Advertisement

އަނިޔާގެ ސަބަބުން ޕޮގްބާ މި އަހަރުގެ މިހާތަނަށް އެއްވެސް މެޗެއް ނުކުޅެ އުޅެނިކޮށް ކޮރޯނާއާ ގުޅިގެން މުޅި ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓި، އަދި އަލުން ފެށޭނެ ދުވަހެއްވެސް ނޭނގޭ ހިސާބުގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން އުމުރުން 27 އަހަރުގެ ޕޮގްބާ ބުނީ، މިހާރު އޭނާ މަޑުމަޑުން ތަމްރީންތައް ހަދަމުން އަންނަކަމަށާއި، ޓީމާއެކު ފަރިތަކުރުންތައް ފެށުމަށް ގާތްގަނޑަކަށް ތައްޔާރުވެފައިވާ ކަމަށެވެ. 

ޕޮގްބާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަނިޔާގެ ސަބަބުން މެޗެއް ނުކުޅެވިގެން އުޅޭއިރު، އަލުން އެނބުރި ދަނޑަށް އައުމަށް ކެތްތެރިކަން ކުޑަވެފައިވާ ކަމަށް ޕޮގްބާ ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޮގްބާއަކީ ދެހާސް އަށާރަ ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގައި ވެސް ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. މެންޗެސްޓާ އެކަޑަމީން ތަމްރީންވުމަށް ފަހު ޔުވެންޓަސްއަށް ވެސް ކުޅެފައިވާ ޕޮގްބާ ފަހަރުގައި މި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށްލަފާނެ ކަމުގެ ރިޕޯޓްތައްވެސް އުޅެއެވެ.

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި