މަބްރޫކު---ފޮޓޯ:އަވަސް
ޖޮބް ސެންޓަރުގައި 1159 މީހުން ރަޖިސްޓްރީވެފައިވޭ: މަބްރޫކު
ޖޮބް ސެންޓަރުގައި ޖުމަލް 1159 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
Advertisement

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މިއަދާ ހަމައަށް 1159 މީހަކު ޖޮބް ސެންޓަރަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައާ މުސާރަ ނުދީ ފޮނުވާލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދަނީ އަރަމުންނެވެ. 

މިކަމަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ޖޮބް ސެންޓަރެއް ގާއިމުކޮށްފައިވާއިރު ވަޒީފާއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެކަން ހިއްސާކުރަން ސަރުކާރުން އެދެ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި