ކުރެއްދޫ ރިސޯޓް--
ކުރެއްދޫގައި ތިބި އެންމެން ދޫކޮށްލާނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު: މަބްރޫކް
ކުރެއްދޫގައި ތިބި އެންމެން ރިސޯޓުން ބޭރުވުމުގެ ހުއްދަދޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ފަހުން ފަތުރުވެރިޔަކު ބައްޔަށް ޕޮޒިޓިވްވިއިރު އޭގެ ދުވަސްކޮޅެއް ފަހުން އެމީހާ ބެލި ޑޮކްޓަރު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

އޮރެންޖް އެލާޓްގައި އޮތް އެ ރިސޯޓުން މިހާތަނަށް ވަނީ ފަސް މީހަކު ވަނީ ޕޮޒިޓިވްފަ އެވެ. 

ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެންއެމުން ކުރި ސުވާލަކާ ގުޅިގެން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫ ކޭސްގެ މައްސަލައާ ގުޅިގެން މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ އެ ރިސޯޓުން މީހުން ފޭބުމުގެ ކުރިން އެންމެން ވެސް ބައްޔަށް ޓެސްޓް ކުރަން ކަމަށެވެ. 

"ކުރެއްދޫން ގުޅައި ވަރަށް ގިނަ މީހުން. އަޅުގަނޑަށް އެނގޭ އެކަމުގައި ކޮމިއުނިކޭޝަން ގެޕްސް އުޅޭކަން. އެހެންނަމަވެސް މިއަދަށް ދުވަސް ހަމަވަނީ. މިއަދަށް ދުވަސް ހަމަވާއިރުގައި މިކަމުގައި ކަންކުރާނެ ގޮތަކީ ކޮބާތޯ ޓެގުން ނިންމަން ޖެހެނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެހެން އެއްވެސް ރަށަކާއި ކުރެއްދޫގެ ކޭސް ތަފާތުކަން. އެއީ ކުރެއްދޫއަކީ އިމްޕޯޓް ކޭސްއަކުން ލޯކަލް ޓާރްންސްމިޝަން ހިނގާފައި އޮތް ރަށަކަށްވާތީ،" މަބްރޫކް ވިދާޅުވި އެވެ. 

ޓެގުން މިހާރު ނިންމާފައިވާ ގޮތުގައި ކުރެއްދޫގައި ތިބި އެންމެން ކޮވިޑް-19އަށް ޓެސްޓްކުރުމަށް ފަހު ދޫކޮށްލަން ނިންމިއިރު އެންމެ ފުރަތަމަ އެރަށުން މީހުން ފޭބުމުގެ ހުއްދަ ދިނީ 28 ދުވަސް ފަހުންނެވެ. އެކަމަކު ފަހުން ވަނީ އެރަށުން ފޭބޭނީ އިތުރު 14 ދުވަސް ފަހުން ކަމަށް ކަނޑައަޅާފަ އެވެ. މިއަދު އެ މުއްދަތު ހަމަވިއިރު ރަށުން ފޭބުމާއި ގުޅިގެން އެޗްޕީއޭއިން ވަކި އެއްޗެއް ބުނެފައި ނުވާތީ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން މުވައްޒަފުން ބުނާ ގޮތުގައި ކުރެއްދޫގައި ތިބި އެންމެން ރިސޯޓުން ބޭރުވުމުގެ ހުއްދަދޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހުކަން އަންގާފައެއް ނުވެ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި