ބޭރުގައި އުޅުމަށް ފަހު ގެއަށް ވަދެ އެންމެ ފުރަތަމަ ސާފުކުރަންވީ މިތަކެތި!
އިޖުތިމާއީ ގައިދުރުކުރުމާއި އެކަހެރި ވުމުގެ އިތުރުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އަމިއްލަ މީހާއާއި ތިމާގެ ވަށައިގެންވާ އެއްޗެހި ސާފުތާހިރުކޮށް ބެހެއްޓުމަށެވެ.
Advertisement

ސައިންޓިސްޓުންނާއި ސިއްހީ މާހިރުން ބުނާ ގޮތުގައި، ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އެންމެ ބޮޑު ފިޔަވަޅެއް އެޅެން އޮތީ ތިމާ އަމިއްލައަށެވެ. މިގޮތުން، އަމިއްލައަށް ސާފުތާހިރުކޮށް ހުރުމުގެ އިތުރުން ބޭރުން ގެއަށް އެތެރެ ކުރާ އެއްޗެހި ސާފުކޮށް ބެލެހެއްޓުމަކީ ވައިރަސް ފެތުރުން މަދުކުރާނެ ކަމެއްކަމަށް ދިރާސާވެރިން ބުނެ އެވެ.

ބޭރުގައި އުޅުމަށް ފަހު ގެއަށް އައިސް ވަދެފައި ކުރަން ރަނގަޅު ބައެއް ކަންތައް: 

އަތް ދޮވުން: ސާފުތާހިރުވުގެ ގޮތުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމެވެ. އަދި ފެން ނުވަތަ ސައިބޯނި ނެތް ނަމަ ހޭންޑް ސެނިޓައިޒާ ލައިގެން އަތް ރީއްޗަށް 20 ސިކުންތު ވަންދެން ސާފުކޮށްލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ އަންގާފަ އެވެ.          

ފޯނު ކަވަރު ނުވަތަ ފޯނު ސާފު ކުރުން؛ ބޭރުގައި އުޅޭވަގުތުގައި ޖީންސް ޖީބުގައި ނުވަތަ ދަބަސް ތެރޭގައި ފޯނު ބޭއްވުމަށް ދިރާސާ ވެރިން ވަނީ ބުނެފަ އެވެ. ފޯނަކީ އަބަދު އަތްލާ އެއްޗެއް ކަމުން ބޭރުގައި އުޅޭއިރު ވީހާވެސް މަދުން ފޯނު ނަގައިގެން އުޅުމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ގެއަށް އައިސް ވަނުމަށް ފަހު ޓިޝޫ ކޮޅަކަށް ސެނިޓައިޒާ އަޅާ ފޯނު ރީއްޗަށް ސާފު ކޮށްލުމަށްވެސް ދިރާސާ ވެރިން އަންގަ އެވެ.

ވޮލެޓު ނުވަތަ ޕާސް: ބޭރުގައި އުޅެފައި އައިސް ޕާސް ރީތިކޮށް ސާފުކުރުމަށް ބޭރުން ޕާހުގައި ޖެހިފައިވާ ޖަރާސީމްތައް ފޮހެލުމަކީ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ކުރެވިދާނެ މުހިއްމު ކަމެކެވެ.

ނަންބަރު ނުވަތަ އަވި އައިނު؛ ޑޮކްޓަރަކު ބުނާ ގޮތުގައި ކޮވިޑް-19 ގެ އަސަރު 72 ގަޑިއިރު ވަންދެން މީހާގެ އައިނުގައި ދެމި ހުންނާނެ އެވެ. އަދި ގެއަށް ވަނުމަށްފަހު ހޫނު ފެން ނުވަތަ ސައިބޯނި ލައި އައިނު ދޮވުން ނުވަތަ ސެނިޓައިޒާއިން އައިނު ސާފު ކުރުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.

ދޮރުގެ މުއްގަނޑު: ގެއަށް އައިސް ވަންނަ އިރުގައި ކޮންމެ މީހަކުވެސް އެންމެ ގިނައިން އަތް ލާނެ ތަނަކީ ގެއަށް ވަނުމުގެ ގޮތުން ހިފައި ދޮރުގެ މުއްގަނޑެވެ. މިހެން ވުމުން މުއްގަނޑު އަބަދުވެސް ސާފުކޮށްފަ ބެހެއްޓުމަކީ ކޮވިޑް-19 ގައިން ގަޔައް ފޯރުވުން ހުއްޓުވުމުގެ ގޮތުން ކުރެވިދާނެ އެންމެ ބޮޑު އެއް ކަންތަކެވެ.

ސެންޓާ އޮފް ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވާ ގޮތުގައި، އާންމުކޮށް އަތްލަންޖެހޭ އަދި ފަސޭހައިން ހަޑިވާނެހެން ހީވާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަކީ ވައިރަސް ފެތުރުން ހުއްޓުމަށް އެންމެން ވެސް ކުރަން މުހިންމު ކަމެކެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި