މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުބަރޫކު ވިދާޅުވީ 800 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ސަފާރީތަކާއި ރިސޯޓުތަކުން 9663 މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މަބްރޫކު ވިދާޅުވިގޮތުގައި މިހާތަނަށް 2670 ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން އޭގެ ތެރެއިން 2612 މީހުން ނެގަޓިވް ކަމަށާއި 38 މީހުންގެ ނަތީޖާ ނުލިބޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 14 މީހަކު ރަނގަޅުވެފައިވާއިރު މިހާރު އެބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނެވެ.