ޝަޒާ މޮރާނީ
ކޮވިޑް-19 ޖެހުނު ޝަޒާގެ އަސަރުގަދަ ސިޓީއެއް
ކޮވިޑް-19 އާއި ގުޅިގެން އާއިލާ، ރައްޓެހިން އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށް ލިޔުނު އަސަރުގަދަ ސިޓީއެއް ޝަޒާ މޮރާނީ ހިއްސާކޮށްފި އެވެ.
Advertisement

އިންޑިއާގެ ފިލްމު އުފެއްދުންތެރިޔާ، ކަރިމް މޮރާނީގެ އަންހެން ދެ ދަރިން، ކަމަށްވާ ޝަޒާ އާއި ޒޯއީ ކޮވިޑް-19 އަށް ޕޮޒިޓިވެވެފައި ވަނިކޮށް ކަރިމް ވެސް ބައްޔަށް ޕޮޒިޓިވްވެ އަންނަނީ ފަރުވާދެމުންނެވެ.

ނަމަވެސް ޝަޒާ މޮރާނީ މިހާރުވަނީ ފަހުން ކޮށްފައިވާ ދެ ޓެސްޓުން ނެގަޓިވް ވުމުން ދޫކޮށްލާފަ އެވެ. އަދި މިކަމާއި އުފާ ފާޅުކޮށް ޝަޒާ ވަނީ އަސަރުގަދަ ސިޓީއެއް ލިޔެ އޭނާގެ އިންސްޓަގްރާމް ގައި ޕޯސްޓު ކޮށްފަ އެވެ.    

އޭނާގެ އާއިލާއަށާއި ރައްޓެހިން އަދި މި ބަލިން މުޖުތަމައު ސަލާމަތްކުރުމުގައި ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުން ފާހަގަކޮށް ޝަޒާ ވަނީ މި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

މި ޕޯސްޓަށް ސިދާތު ކަޕޫރް، ވަރްދާން ޕޫރީ އަދި ސަތިޔަޖޭތު ދުބޭ ފަދަ ތަރިން ކޮމެންޓްކޮށް ވަނީ އޭނާއަށް ހެޔޮ އެދުންތައް ފޮނުވާފަ އެވެ. 

ޝަޒާ މޮރާނީ ބޭރުގެ ހަބަރުތަކާއި ވާހަކަ ދައްކަމުން ބުނީ، އޭނާ ދޫކޮށްލުމުން 14 ދުވަސް ކަރަންޓީންގައި މަޑުކުރަން ޖެހުނުނަމަވެސް ގެއަށް ދިއުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ޝަޒާގެ ބައްޕައާއި ދައްތަ އަށް އަދިވެސް ދަނީ ކޮވިޑް-19ގެ ސަބަބުން ފަރުވާ ދެމުންނެވެ.

100%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި