ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހޮސްޕިޓަލުން ދޫކޮށްލައިފި
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
Advertisement

ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިދިޔަ ހަފުތާގައި ބޮޑުވަޒީރު ބޮރިސްއަށް ވަނީ އައިސީޔޫގައި ފަރުވާދީފަ އެވެ.

ބޮރިސްގެ އޮފީހުން ބުނާ ގޮތުގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އިތުރަށް ލިބެން ޖެހޭ ފަރުވާތައް ގޭގައި ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފަހު އެވެ.

އެގޮތުން ބޮރިސްގެ ސިއްހީ ޓީމުން އަންގާފައިވާ ގޮތުގެ މަތިން ގޭގައި ހުރެގެން އިތުރަށް ފަރުވާ ހޯދަމުން އަންނައިރު ސިއްހީ ހާލު ކުރިއަށްވުރެ ރަނގަޅުނަމަވެސް އޭނާގެ ވަޒީފާއަށް ވަގުތުން އަނބުރާ ނުދާނެ ކަމަށް ވެސް ބޮރިސްގެ އޮފީހުން ބުނެ އެވެ. 

އޭގެ އިތުރުން އޭނާގެ އޮފީހުން ވަނީ ސެއިންޓް ތޯމަސް ހޮސްޕިޓަލުން ބޮރިސްއަށް ދިން ފަރުވާ ފާހަގަކޮށް އެތަނުގެ އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

ބޮރިސް ޖޯންސަންގެ ހާލުކޮޅު ގޯސްވުމާއި ގުޅިގެން ލަންޑަންގެ ސެއިންޓް ތޮމަސް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ބޮރިސްގެ ހާލުކޮޅު އިތުރަށް ގޯސްވާން ފެށުމާއެކު އައިސީޔޫއަށް ބަދަލުކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާގެ ސިއްހީ ހާލަތު ހުރި ގޮތާއި ގުޅިގެން ސަރުކާރު ހިންގުން މިއަދު ވަނީ ވަގުތީ ގޮތުން ފޮރިން ސެކެޓްރީ، ޑޮނިމިކް ރާބްއާ ހަވާލު ކުރައްވާފަ އެވެ.   

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި