އިނގިރޭސި ވިލާތުގައި މަރުވި މީހުންގެ އަދަދު 10،000 އަށް އަރައިފި
ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ވިލާތުގައި މަރުވި މީހުންގެ އަދަދު 10،000 އަށް އަރައިފި އެވެ.
Advertisement

އިތުރު 737 މީހުންގެ މަރާއިއެކު އިނގިރޭސި ވިލާތުގައި ކޮރޯނާ ވައިރަހުގެ ސަބަބުން މުޅިއަކު މަރުވި މީހުންގެ އަދަދު 10،612 އަށް އަރައިފި ކަމަށް އެ ގައުމުގެ ޑިޕާޓްމެންޓް އޮފް ހެލްތުން ބުނެފިއެވެ.

މިގޮތުން މި ވައިރަހުގެ އަސަރު އިނގިރޭސި ވިލާތުގައި އެންމެ ބޮޑަށް ކޮށްފައިވާ އިންގްލެންޑުގައި 657 މީހުން މި ވައިރަހުގެ ސަބަބުން މަރުވެފައިވާއިރު، މުޅިއަކު އިންގްލެންޑުގައި މަރުވި މީހުންގެ އަދަދު އުޅެނީ 10،532 ގައެވެ. އިންގްލެންޑުން ރިޕޯޓު ކޮށްފައިވާ މީހުންގެ މަރަށް ބަލައިލާ އިރުގައި، މަރުވި މީހުންގެ އުމުރު 30 ހުން 98 ކާއި ދެެމެދުގައި ވާއިރު، މަރުވި ބަލިމީހުންނަކީ ކުރިން އެއްވެސް ބަލިކަމެއް ހުރި ކަމަށް ރިޕޯޓު ކޮށްފައި ނުވާ މީހުންނެވެ.

އިންގްލެންޑުން ބޭރުން ސްކޮޓްލެންޑުގައި 24 މީހުންގެ މަރު ރިޕޯޓް ކޮށްފައިވާއިރު، ވޭލްސް އިން 18 މީހަކު އަދި އުތުރު އަޔާލެންޑުން 11 މީހަކު މަރުވި ކަމަށް ވަނީ ރިޕޯޓު ކޮޮށްފައެވެ. 

ނަމަވެސް އެންމެ ފަހުން ދީފައިވާ އަދަދަކީ އަސްލު އަދަދައް ނުވެދާނެ ކަމަށްވެސް ބޭރުގެ ހަބަރު ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މިގޮތުން، މިހާރު ރިޕޯޓު ކުރެވިފައިވަނީ ހަމައެކަނި ހޮސްޕިޓަލުތަކުގައި މަރުވެފައި މީހުންގެ އަދަދު ތަށް ކަމަށާއި، މުސްކުޅިން ބަލަހައްޓާ ގެތަކުގައި މަރުވި މީހުންގެ އަދަދު މިއަށް ނުލާ ކަމަށްވެސް ބޭރުގެ ހަބަރު ތަކުން ވަނީ ބުނެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި