ވަކަރުފަޅި ރިސޯޓްގެ މުވަޒިފުން-- ފޮޓޯ: ރާޝިދު މުހައްމަދު
މިހާލަތުގައި ސަރުކާރުން ނިންމާ ނިންމުންތަކަށް ބަސްބުނުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންޖެހޭ – އެޗްއާރުސީއެމް
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް އަސަރުކުރާނެ ނިންމުންތައް ސަރުކާރުން ނިންމަމުންދާއިރު އެކަންކަމާ ގުޅިގެން އާންމުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އިން ބުނެފިއެވެ.
Advertisement

އެޗްއާރުސީއެމް އިން މިއަދު ނެރުނު ގައިޑްލައިނެއްގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ހައްގުތަށް ހަނިކުރެވުނު ނަމަވެސް މިހާލަތުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ހައްގުތައް ފާހަގަކޮށްފައެވެ.

ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމުންގެ ސިއްހަތު ރައްކާތެރިކުރުމުގެ މަގުސަދުގައި އާންމުންގެ ޒާތީ ދިރިއުޅުމަށް އަސަރުކުރާނެ އެކިއެކި ނިންމުންތައް ސަރުކާރުން ނިންމާއިރު، އެކަންކަމާ ގުޅިގެން އާއްމުންނަށް ވީހާވެސް ބޮޑަކަށް ބަސްބުނުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭން ވާނެކަމަށް މި ގައިޑްލައިންގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ސިއްހީ ފަންނުވެރިންނާއި، ކަމާ ގުޅޭ މާހިރުންނަށް ބަސް ބުނުމުގެ ފުރުޞަތު ފުޅާކޮށްދޭން ވާނެކަމަށާއި މި ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމަށް ފުރުސަތު ފަހިކޮށްދޭން ވާނެކަމަށްވެސް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

އަދި ބަލިން ރައްކާވެ ތިބުމަށް ކުރެވިދާނެ އެންމެހައި ކަންކަމުގެ މަޢުލޫމާތު، ކަމުގެ މާހިރުންގެ ފަރާތުން ޢާއްމުންނާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ހާލަތު ގޯސްވި ސަބަބެއް ކަމަށް ގިނަ ބަޔަކު އެއްބަސްވަނީ، އެފަދަ ބައްޔެއް އުޅޭކަން ޑިސެމްބަރުމަހު ހޯދި ޑޮކްޓަރެއް ކަމަށްވާ ޑރ ލީ ވެންލިއާން އެކަން އެހެން ޑޮކްޓަރުންނަށް އެންގުމަށް ކުރި މަސައްކަތް އެގައުމުގެ ފުލުހުން ހުއްޓުވުމުންނެވެ. 

ޑރ ލީ ވަނީ ކޮވިޑް-19 ޖެހިގެން ފެބްރުއަރީ މަހު ނިޔާވެފައެވެ. ޗައިނާގެ ރައްޔިތުންނަށް މިކަން ހާމަވުމުން ސަރުކާރާ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިޔާގައި ހިއްސާކުރި ޝުއޫރުތައްވެސް އެގައުމުގެ ސަރުކާރުން ވަނީ ސެންސަރުކޮށްފައެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި