2019 އެމްޕްލޮއިމަންޓް ފޯރަމްގެ ތެރެއިން ފޮޓޯ: އެޗްއާރުސީއެމް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގައިޑްލައިނެއް އެޗްއާރުސީއެމް އިން އެކުލަވާލައިފި
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތާއި އާންމު ފަރުދުން އަމަލުކުރާންވީ ގޮތުގެ ގައިޑްލައިނެއް ހިޔުމަން ރައިޓްސް ކޮމިޝަން އިން އެކުލަވާލައިފިއެވެ.
Advertisement

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންނަށް ލިބިފައިވާ ހައްގުތަށް ހިފެހެއްޓޭނެކަމަށް އިއުލާނުކޮށްފަވީ ނަމަވެސް ހައްގުތަށް އުނިކުރުމުގައި މިނިވަން ދިމިކުރާތީ މުޖުތަމައުތަކުގައި ހައްގުތައް ހަނިކުރެވޭ މިންވަރަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެޗްއާރުސީއެމްއިން ވިދާޅެވެފައިވެއެވެ.

މިގޮތުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށާއި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެން ބައިވެރިކުރުމަށް އަދި މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް އެކުލަވާލުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.

ސްކޫލުތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ދަރިވަރުން އުނގެނުމުގެ ހައްގުން މަހުރޫމް ނުވާނެގޮތަށް އަމަލު ކުރަންވާނެކަމަށްވެސް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި