ސައުދީގައި ގާއިމް ކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާއިން ގާއިމް ކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ކޮށްފިއެވެ.
Advertisement

ކޮވިޑް-19 ފެތުރުން ހަމައަކަށް އެޅުވުމުގެ ގޮތުން ނިމިދިޔަ މަހުގެ 23 ވަނަ ދުވަހު ސައުދީ އިން ގާއިމް ކޮށްފައިވާ ކާފިއު ގެ މުއްދަތު އިތުރު ކުރުމަށް ސައުދީ ރަސްގެފާނު ސަލްމާން އަންގަވާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މިނިސްޓްރީ އޮފް އިންޓީރިއާގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ބުނީ 21 ދުވަހަށް ކާފިއުގެ މުއްދަތު އިތުރު ކުރެވިފައިވަނީ ކޮވިޑް-19 ފެތުރުން މުޅިން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ހޮނިހިރު ދުވަހު ނިމެން އޮތް ކާފިއު ގެ މުއްދަތު އިތުރު ކުރެވިފައިވަނީ ކިހާ ދުވަހަކަށް ކަމެއް ރަސްގެފާނު ވިދާޅުވެފަކާއެއް ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކާފިއު ގެ ގަޑިތަކަށް ވެސް ވަނީ މުއްދަތު އިތުރު ކުރުމުގެ ކުރިން ބަދަލު ގެނެއްސައެވެ. ރޭގަނޑު 07:00 ކުން ހެނދުނު 06:00 އަކަށް ގާއިމް ކޮށްފައިވާ ކާފިއު ވަނީ ހަވީރުު 03:00 ކުން ހެނދުނު 06:00 އަކަށް ބަދަލު ކޮށްފައެވެ.

މީގެ އިތުރުން، ހޮނިހިރު ދުވަހު ސައުދީގައި އިތުރު 382 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިގޮތުން، މިހާރު ސައުދީގައި ވައިރަސް ޖުމްލައަކު ޖެހުނު މީހުންގެ އަދަދު މިވަނީ 4،033 އަށް އަރާފައެވެ. އަދި 52 މީހަކު މަރުވެފައިވާއިރު 35 މީހަކު ވަނީ މިވައިރަހުން ރަނގަޅުވެފައިވެއެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި