ލަންކާގެ ކޮވިޑް-19 ކޭސްތަށް 200އަށް ވުރެ މައްޗައް އަރައިފި
އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200 އަށް ވުރެ މައްޗައް އަރައިފި އެވެ.
Advertisement

އާދީއްތަ ދުވަހު ރޭގަނޑު 10:00 އެއް ޖެހިއިރު ސްރީލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 210 އަކަށް އަރާފައެވެ. ހެލްތު މިނިސްޓްރީ އިން ކަށަވަރު ކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހު އެކަނި އެގައުމުން ވަނީ 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރިޕޯޓު ކޮށްފައެވެ.

ސްރީލަންކާގެ ހެލްތު ސާވިސަސް ގެ ޑިރެކްޓާ ޖެނެރަލް ޑރ. އަނިލް ޖަސިންހެ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، އެދުވަހު އެންމެ މީހަކު ލަންކާގައި ވައިރަހައް ޕޮޒިޓިވް ވެފައިވި ނަމަވެސް، އޭގެ ކުރީ ދުވަހު އެކަނި ހަތް މީހަކު ވަނީ ވައިރަހައް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް ލަންކާއިން ކޮވިޑް-19 އަށް 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 56 މީހަކު ވަނީ ބަލިން ރަނގަޅުވެ ކަރަންޓީނުން ދޫކޮށްލާފައެވެ. މިހާރު ހޮސްޕިޓަލުގައި ކަރަންޓީންކޮށް ބަލަމުން ގެންދަނީ 147 ބަލިމީހުންނެވެ. އަދި 154 މީހަކުދަނީ ކޮވިޑް-19 ހުރިތޯ ބަލާ ޓެސްޓު ކުރެވެމުންނެވެ. މީގެ އިތުރުން ހަތް މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. 

ލަންކާ ސަރުކާރުން ވަނީ ކޮވިޑް-19 އެގައުމުގައި ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގައުމުގެ ބޮޑު ބައެއްގައި ކާފިއު އިއުލާންކޮށްފައިވާއިރު ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުންކޮށްފަ އެވެ. މީގެ އިތުރުން އެގައުމުގެ ހުރިހާ އެއާޕޯޓެއް ވެސް ވަނީ އެރައިވަލް ޕަސެންޖަރުންނަށް ބަންދުކޮށްފައެވެ. 

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ބޭސް ދިނުމަށް އިންޑިއާގެ ސަރުކާރުން ހަމަޖައްސާފައިވާ 13 ގައުމުގެ ތެރޭގައި ލަންކާވެސް ހިމެނެއެވެ. 

0%
އުފާވި
67%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
33%
ރުޅިއައި