އިންޑިއާގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 8000 އަށް އަރައިފި
އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިތިވްވީ މީހުންގެ އަދަދު 8000 އަށް އަރައިފި އެވެ.
Advertisement

އިންޑިއާގެ ސަރުކާރުން އެ ގައުމުގައި ކުރިއަށް ގެންދަމުންދަ ލޮކްޑައުން ގެ މުއްދަތު އިތުރުކުރާނެ ކަމުގެ ވާހަކަ ދެކެވެމުން ދާއިރުގައި، މި ގައުމުގެ ޔޫނިއަން ހެލްތު މިނިސްޓްރީ އިން ވަނީ ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު 8,356 އަށް އަރައިފައިވާ ކަމަށް މިއަދު ރިޕޯޓު ކޮށްފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ.

އިންޑިއާ ގައި ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުގައި 1,761 މީހުން ވައިރަހައް ޕޮޒިޓިވް ވެފައިވާއިރު، 127 މީހަކު ބަނީ ވައިރަހުގެ ސަބަބުން މަރު ވެފައެވެ. ދިއްލީގައި 1,069 ކޮވިޑް-19 ކޭސް ރިޕޯޓު ކޮށްފައިވާއިރު ޓެމިލް ނާޑޫގައި 906 މީހަކު ވަނީ މި ވައިރަހައް ޕޮޒިޓިވް ވެފައެވެ. އަދި މިނޫންވެސް އެތަށް ހިސާބެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ނިމިދިޔަ މަހުގެ 24 ވަނަ ދުވަހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މުޅި ގައުމު އެއްކޮށް ތިން ހަފްތާގެ ލޮކްޑައުން އަކަށް ގެނެސްފައެވެ. އަދި މިހާރު އެގައުމުގެ ސަރުކާރުން ވަނީ 14 ވަނަ ދުވަހު ނިމެން އޮތް ލޮކްޑައުންގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި