ސްވަރާ--
ކޮވިޑް-19 އާ ގުޅިގެން ސްވަރާ އުފަން ދުވަސް ފާހަގަކުރީ ވީޑިއޯ ކޯލް މެދުވެރިކޮށް
މުޅި އިންޑިއާ 21 ދުވަހުގެ ލޮކްޑައުނެއްގައި އޮތްއިރު އެކަމުގެ ސަބަބުން ކައިވެނީގެ ހަފުލާތަކާއި އުފަން ދުވަސް ޕާޓީތަކާއި އަދިވެސް އެހެން ހުރިހާ ޕްލޭންތަކެއް މިވަނީ ބަދަލުކުރަން ޖެހިފަ އެވެ.
Advertisement

މިމަހުގެ 9 ވަނަ ދުވަހު 32 އަހަރު ފުރުނު، ބަތަލާ ސްވަރާއަށް ވެސް އޭނާ ބޭނުންވި ގޮތަށް އުފަން ދުވަހެއް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު ވީޑިއޯ ކޯލް މެދުވެރިކޮށް ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނާއެކު ސްވަރާ މިވަނީ އޭނާގެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. 

ވީރޭ ދި ވެޑިންއިން އެންމެ ފަހުން ފެނިގެންދިޔަ ސްވަރާ މިގޮތަށް އުފަން ދުވަސް ފާހަގަކުރަން ޖެހުނަސް ވަނީ އެކުވެރިންނާއި އެކު ގޭމްތަކެއް ކުޅެ ނިކަން ސަކަރާތް ވެސް ޖަހާފަ އެވެ. އެގޮތުން މިގޮތަށް ހަތަރު ގަޑިއިރު ހޭދަކުރި ކަމަށް ސްވަރާ ބުންޏެވެ

ކޮރޯނާ ވައިރަހާ ގުޅިގެން މުޅި އިންޑިއާ ބަންދުކޮށްފައިވާތީ މި ދުވަސްވަރު ތަރިން ވެސް އުޅެނީ ގޭތެރޭގެ އެހެން މަސައްކަތްތަކުގައި އަވަދިނެތި އެވެ. 

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ އިންޑިއާއަށް ފޯރައި ބަލީގެ ނުރައްކާ ބޮޑުވުމުން އެގައުމުން ވަނީ މުޅި ގައުމު ބަންދުކޮށްފަ އެވެ. މިހާތަނަށް އެގައުމުން 7,529 މީހަކަށް މި ބަލި ޖެހިފައިވާއިރު 242 މީހަކު ވަނީ މަރުވެފަ އެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
100%
ދެރަވި
0%
ރުޅިއައި