ނިއާ---
ގެއިން ނިކުތުމަށް ނިއާ ކެތްމަދުވެފައި!
ކޮވިޑް19 އާ ގުޅިގެން އިންޑިއާ 21 ދުވަހަށް ލޮކްޓައުން ކުރުމާ ގުޅިގެން ހުރިހާ ފަންނާނުން ވެސް ގޭގައި ވަގުތުތައް ހޭދަކުރާއިރު ގެއިން ނިކުތުމަށް ޓީވީ އެކްޓަރެސް ނިއާ ޝަރުމާ ހުރީ ކެތްމަދުވެފައިއެވެ.
Advertisement

އިންސްޓަގުރާމު މެދުވެރިކޮށް ނިއާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ޕޮއެމްއެއް ލިޔެފައެވެ. އެގޮތުން އެޕޮއެމްގައި ވަނީ މެއި މަހު ގެއިން ނިކުމެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.

އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ. އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފަ އެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފަ އެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައި ވެއެވެ. އޭނާ މިހާރު ފެނިގެން ދަނީ "ނާގިން 4" އިންނެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި