ކާޖަލް--
ދިހަ މިލިއަން ފޮލޯވަރުންނާއެކު ކާޖަލް އުފަލުން ފޮޅިފައި
ބޮލީވުޑުގެ ކާމިޔާބު ތަރި، ކާޖަލް ދޭވްގަން ފޮލޯކުރާ މީހުންގެ އަދަދު 10 މިލިއަނަށް އަރައިފި އެވެ.
Advertisement

އެކަން އިންސްޓަގްރާމު މެދުވެރިކޮށް ތަފާތު ގޮތަކަށް ހިއްސާކުރަމުން ކާޖަލް ވަނީ އޭނާއަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ. އެގޮތަށް ލޯބި ދިނުމުގައި ދެމި ތިބުމަށް ވެސް ސަޕޯޓަރުންގެ ކިބައިން ކާޖަލް އެދެ އެވެ. 

ކާޖަލް ހިއްސާކުރި ވީޑިއޯއިން ފެނިގެންދަނީ ސަޕޯޓަރުންގެ އަދަދު މައްޗަށް އަރައިގެންދާ ވަރަކަށް އޭނާ އުފަލުން ފޮޅިގެން ހުރެ ނަށާއި މަންޒަރެވެ.

ކާޖަލް އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ އޯމް ރައުތު ޑައިރެކްޓްކޮށް ނެރުނު ފިލްމު، "ތަންހާޖީ: ދަ އަންސަންގް ވަރިއާ" އިންނެވެ. މިއީ ތާރީހީ ކަންތައް ގަނޑެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ވެސް ލިބިފަ އެވެ. 

ކާޖަލް އަކީ ނުވަދިހައިގެ އަހަރުތަކުގައި ނެރުނު ކާމިޔާބު ގިނަ ފިލްމުތަކަކުން ގިނަ ބައެއްގެ ހިތްތައް ދަމައިގެންފައިވާ ފަންނާނެކެވެ. ދަރިން ލިބުމުން ފިލްމީ ދާއިރާއާ ކުޑަކޮށް ދުރަށް ޖެހިލިނަމަވެސް އޭނާ މިހާރު އަންނަނީ އަލުން އެ މަސައްކަތުގައި އުޅެމުންނެވެ.  

0%
އުފާވި
100%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި