ވަރުން---
ވަރުންގެ އާއިލާ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ
ބޮލީވުޑުގެ ތަރި ވަރުން ދަވަންގެ އާއިލާ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
Advertisement

ދާދި ފަހުން ވަރުން ވަނީ އިންސްޓަގުރާމު މެދުވެރިކޮށް ސަޕޯޓަރުންނާ ލައިވްކޮށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އެވާހަކަތަކުގެ ތެރެއިން ވަރުން ވަނީ އެމެރިކާގައި އުޅޭ އޭނާގެ އާއިލަ މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި އިންޑިއާ އޮތީ ލޮކްޑައުނެއްގަ އެވެ. މިދަނޑިވަޅުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބޮލީވުޑުގެ ތަރިން ވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ވަރުން ވެސް މިދަނޑިވަޅުގައި ފައިސާގެ އެހީވެފަ އެވެ. އަދި އޭނާ މިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ފަގީރުންނަށް ވެސް އެހީތެރިވާން ނިންމާފައިވާކަން ހާމަކޮށްފަ އެވެެ.

"މެއިން ތޭރާ ހީރޯ" އާއި "ދިލްވާލޭ" އާއު "ކަލަންކް" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރުން އެންމެ ފަހުން ފެނިފައިވަނީ "ސްޓްރީޓް ޑާންސާ" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކުލީ ނަމްބަރު ވަން" އިންނެވެ.

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި