ދިރާގުން ބުނީ މިހާރު އިންޑިޔާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެ އެވެ. އޭގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕާ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ހިމެނޭ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައް ވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެ ކަމަށެވެ.
ޝެމަރޫގެ ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް %50 ޑިސްކައުންޓާއެކު، މަހަކު 30 ރުފިޔާ އަށް ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
އެ ޕާޓްނާޝިޕާ ގުޅިގެން ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދަސަރް ވިދާޅުވީ ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑާ އެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވާކަމަށާއި ކަސްޓަމަރުން ގަޔާވާ ކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އެކަމާ ގުޅިގެން ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީއީއޯ ހިރެން ގަޑާ ވިދާޅުވީ، ދިރާގު ފަދަ ބޮޑު ކަސްޓަމަރު ބޭސް އެއް އޮންނަ ކުންފުންޔަކާ ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކި އުމުރުފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށް ވެސް ހިރެން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެއް ކަމަށެވެ.
ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައި.ޕީ.ޓީވީ ގެ ހިދުމަތެވެ.