ފޮޓޯ:އެމްއެމްއޭ
މާޗް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި 17.9 ބިލިއަން ރުފިޔާ
މާޗް މަސް ނިމުނު އިރު ރާއްޖޭގެ ދައުލަތުގެ ރިޒާވްގައި ހުރީ 17.9 ބިލިއަން ރުފިޔާ ކަމަށް މޯލްޑިވްްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.
Advertisement

އެމްއެމްއޭ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާޗް މަސް ނިމުނުއިރު ރާއްޖޭގެ ޑޮލަރު ރިޒާވްގައި ހުރީ 761.7 މިލިއަން ޑޮލަރު (11.7 ބިލިއަން ރުފިޔާ) އެވެ. އަދި ދިވެހި ރުފިޔާގެ ރިޒާވް ގައި ހުރީ 6.2 ބިލިއަން ރުފިޔާ އެވެ. 

ފެބްރުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ޑޮލަރު ރިޒާވްގައި 779.4 މިލިއަން ޑޮލަރު ހުއްޓެވެ. 

މާޗް މަސް ނިމުނު އިރު ނަން ފައިނޭންޝަލް އެސެޓުގެ ގޮތުގައި 276.7 މިލިއަން ރުފިޔާ ހުއްޓެވެ. ފެބްރުއަރީ މަސް ނިމުނު އިރު ނަން ފައިނޭންޝަލް އެސެޓުގެ ގޮތުގައި ހުރީ 286 މިލިއަން ރުފިޔާ އެވެ. 

މީގެ އިތުރުން މާޗް މަސް ނިމުނު އިރު ލިކުއިޑިޓީ އަދި އިކުއިޓީގެ ގޮތުގައި ހުރީ 18.2 ބިލިއަން ރުފިޔާ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި