ފޮޓޯ:ސަން އޮންލައިން
ފެބްރުއަރީ މަހު ކަނޑުމަގުން އައި ފަތުރުވެރިންގެ އަދަދު ގިނަ
ޖެނުއަރީ މަހާއި އަޅާ ބަލާއިރު ފެބްރުއަރީ މަހު ކަނޑުމަގުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖެނުއަރީ މަހު 3,793 ފަތުރުވެރިން ކަނޑުމަގުން ރާއްޖެ އައިސްފައި ވާއިރު ފެބްރުއަރީ މަހު ކަނޑުމަގުން 6،099 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 38.3 އިންސައްތައިގެ ކުރިއެރުމެކެވެ. 

ފެބްރުއަރީ މަހު ވައިގެ މަގުން ރާއްޖެ އައިސްފައި ވަނީ 149,788 ފަތުރުވެރިންނެވެ. މިއީ ޖެނުއަރީ މަހު ރާއްޖެ އައި 173,347 ފަތުރުވެރިންނާއި އަޅާ ބަލާއިރު 11.1 އިންސައްތަ ދަށް އަދަދެކެވެ. 

ފެބްރުއަރީ މަހު ރާއްޖެ އަށް ޖުމްލަ 155،887 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިއީ 177،140 ފަތުރުވެރިންނާއި އަޅާ ބަލާއިރު 21،253 ފަތުރުވެރިން ދަށް އަދަދެކެވެ. 

ނިމިދިޔަ ފެބްރުއަރީ މަހު ބެޑް ނައިޓްސް ގެ އަަދަދު އުޅެނީ 989,834 ގައެވެ. ޖެނުއަރީ މަހު ބެޑް ނައިޓްސްގެ އަދަދު ހުރީ އެއް މިލިއަނަށް ވުރެ މަތީގަ އެވެ. 

ފެބްރުއަރީ މަސް ނިމުނު އިރު ރާއްޖޭގައި 964 ޓޫރިސްޓް އެކޮމަޑޭޝަންސް ވަނީ ރަޖިސްޓާ ކޮށްފަ އެވެ. އަދި މީގެ ތެރެއިން 951 ތަނަކުން ފަތުރުވެރިންނަށް ހިދުމަތް ލިބެ އެވެ. 

މީގެ އިތުރުން ފެބްރުއަރީ މަހު އޮކިއުޕެންސީ ރޭޓް ވަނީ 14.5 އިންސައްތަ ދަށަށް ގޮސްފަ އެވެ. 

0%
އުފާވި
0%
މައުލޫމާތު މުއްސަނދިވި
0%
ދެރަވި
0%
ރުޅިއައި